ވާރޭ ވެހުމުން ހިތަދޫގެ ފެން ބޮޑުވާ ސަރަޙައްދުތަކުގައި ޤާއިމު ކުރެވިފައިވާ ފެން ހިންދުމުގެ ނިޒާމު ރަނގަޅު ކުރުމަށްޓަކައި ޑްރައިނޭޖް ޕަމްޕް ސިސްޓަމްގައި ބޭނުން ކުރާ ޕަމްޕެއް ގަންނަން އައްޑޫ ސިޓީ ކައުންސިލުން ނިންމައި، ބީލަމަށް ހުޅުވާލައިފި އެވެ.
ކައުންސިލުން ބުނީ ސްޕެސިފިކޭޝަނަށް ފެތޭ ޕަމްޕެއް ވިއްކުމަށް ޝައުޤުވެރިވާ މއަދި އެ ބާވަތުގެ ތަކެތި ރާއްޖެއަށް އެތެރެކޮށް އޭގެ ވިޔަފާރިކުރާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ހިތަދުއަކީ ވާރޭ ވެހިއްޖެ ނަމަ މަގުތަކުގައި ފެން ބޮޑުވެ، އާންމު ދިރިއުޅުމަށް ބުރޫ އެރުމުގެ މައްސަލަ ބޮޑު ރަށެކެވެ.