ދިވެހިންގެ ކެއުމުގެ ތެރޭގައި މަހުގެ ބާވަތްތަކަކީ ވަރަށް އާންމު އެއްޗެކެވެ. ކަނޑު މަހާއި އެއްގަމު މަސް ވެސް މީގެ ތެރޭގައި ހިމެނެ އެވެ. އެއީ ރަނގަޅު އާދައެކެވެ. ދޫކޮށްލުން ރަނގަޅު އާދައެއް ވެސް ނޫނެވެ.
ފަހުގެ ދިރާސާއެއްގައި ބުނަނީ ޒުވާން އުމުރުގައި މަހުގެ ބާވަތްތައް ނުކާ ނަމަ ސިކުނޑީގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އެގޮތުން އުމުރުން 18-29 އަހަރާ ދެމެދުގެ އުމުރުފުރާގެ ތެރޭގައި މަހުގެ ބާވަތްތައް ކާ މިންވަރު އިތުރު ކުރަން ޖެހޭ ކަމަށް ސިއްހީ ތަޖުރިބާކާރު އިރުޝާދު އެވެ.
އެ މީހުން ބުނަނީ އެ އުމުރުފުރާއަކީ ސިކުނޑި ހެދިބޮޑުވަމުން އަންނަ ދުވަސްވަރަށްވާތީ، މަހުގެ ބާވަތްތަކަކީ މުހިއްމު އެއްޗެެއް ކަމަށެވެ.
އެގޮތުން ސިކުނޑީގެ ވަރަށް މުހިއްމު ދެ ކެމިކަލެއް ކަމަށްވާ ސެރޮޓޯނިން އާއި ޑޮޕޮމައިން އުފެއްދުމުގައި މަހުގެ ބާވަތްތައް މުހިއްމު ދައުރެއް އަދާ ކުރެ އެވެ. މިއީ މޫޑަށް އަންނަ ބަދަލުތަކާ ގުޅިފައިވާ ދޭއްޗެވެ.
"އެހެންވެ ހަފުތާއަކު މަދުވެގެން ތިން ފަހަރު މަހުގެ ބާވަތްތައް ކާން ޖެހޭ. ހަމައެއާ އެކު ކަސްރަތު ކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެއް." އެމެރިކާގެ ބިންގަމްޓަން ޔުނިވަސިޓީގެ ޕްރޮފެސަރު ލީގާ ބެގޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަފުތާއަކު މަދުވެގެން ތިން ފަހަރު މަސް ކެއުމާ އެކު، ގަވައިދުން ކަސްރަތު ކުރުމަކީ ސިކުނޑީގެ ދުޅަހެޔޮ ކަމަށް ބާރު އަޅައިދޭ ކަމެއް ކަމަށެވެ. އެހެންވެ ޒުވާން އުމުރުގައި އެ އާދަ އަށަގަންނުވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.