ފައި ފަޅައިގެން ދިޔުމަކީ ހޫނު މޫސުމުގައި ވަރަށް ޢާންމު ކަމެކެވެ. އާންމުކޮށް މިކަންތައް ދިމާ ވަނީ ހިރަފުހުގެ ސަބަބުންނެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ އަބަދުވަސް ފައިވާނަކަށް އަރައިގެން އުޅުމެވެ.
ހިރަފުހުގެ ސަބަބުން ފައިގެ ހަންގަނޑު ކުރަކިވެ ފަޅައިގެން ދިޔަމަށް މެދުވެރި ވެ އެވެ. މާ ގިނައިން ހިނގުމާއި ދުވުމުގެ ސަބަބުން ފައިގެ ފުންނާބަށް ބަރުވެ ހަންގަނޑު ފަޅައިގެން ދިޔުމުގެ ސަބަބުންނެވެ. ބައެއް ފަހަރަށް ފަޅައިގެން ގޮސްފަވާ ތަންތަނުން ލޭ އައުން ވެސް އެކަށީގެން ވެ އެވެ. މި މައްސަލަ ދިމާވުމަކީ ލަދުވެތިކަން ވެސް އިހުސާސް ކުރެވޭ ކަމެކެވެ. ހާއްސަކޮށް ހައި ހީލްސް ފަދަ ފައިވާންތަކަށް އަރަން ޝައުގުވެރިވާ ޒުވާން އަންހެން ކުދިންނެވެ.
ތިރީގައި މިވަނީ ފައިފަ ޅައިގެން ދިޔުމުން ކުރެވިދާނެ ކަންތައްތަކެވެ.
* އެންމެ ފުރަތަމަ އާދަ ކުރަންވީ ކަމަކީ ފައިވާނަށް އަރައިގެން އުޅުމެވެ. އަދި ތުނި އިސްޓާކީން ބޭނުން ކުރަން އާދަ ކުރަން ވާނެ އެވެ.
* މޫދު ލޮނުގައި ފައި ރަނގަޅަށް ދޮވެލުން.
މިކަންތައްތައް ގޭގައި ވެސް ކުރެވިދާނެ އެވެ.
* ރޭގަނޑު ނިދުމުގެ ކުރިން ތާފަނާ ފެނުގާ ލޮނުކޮޅެއް އަދި ލުނބޯ ހުތް ލާފައި ފައި ދޮންނާނީ އެ ފެނުން 15 ނުވަތަ 20 މިނެޓް ވަންދެނެވެ.
* ފައި ރަނގަޅަށް ސްކްރަބް ކުރުމަށް ފަހު އަނެއްކާ ވެސް އެފެނުން ދޮންނަން ވާނެ އެވެ. ސްކްރަބް ކުރުމުގައި ބަލަން ވާނީ ފައި ފަޅައިގެން ގޮސްފައި ހުރި ތަންތަން މާ ބޮޑަށް ނުއުގުޅާ ވޭތޯ އެވެ.
ދެން ހިކި ތުވާލި ކޮޅަކުން މަޑުމަޑުން ހިއްކާލާނީ އެވެ. އަދި ފިނި ކުރީމެއް ހާކާލާނި އެވެ. ބޮޑީ ބަޓަ ކަހަލަ އެއްޗެއް ރަނގަަޅުވާނެ އެވެ. ދެން މި ކްރީމް ލުމަށް ފަހު ކުޑަކޮށް މަސާޖު ކުރަން ވާނެ އެވެ.
* މި ކްރީމް ނެތް ނަމަ ގުލިސަރިން އާއި ރޯސްވޯޓަ އެއްކޮށްލާފައި ފައިގަ ހާކާލާނީ އެވެ. މިވަރު ވެސް ނުވާ ނަމަ ކާށި ތެލާއި ފިނިފެންމާ އެއްކޮށ ލައިގެން ފައި މަސާޖު ކުރާނީ އެވެ.
އޭގެ ފަހުގައި ތުނި އިސްޓާކީނެއް ލާނީ އެވެ. ޖެހިޖެހިގެން 7 ދުވަހު މި ޓްރީޓްމެންޓް ނެގިއްޖެ ނަމަ ފައިތިލަ އަށް ފުރިހަމަ އަށް ތާޒާކަން ލިބި ރަނގަޅު ވާނެ އެވެ.
އިންސާނާގެ ހަށިގަނޑުގެ އެންމެ ބޯކޮށް ހަންގަޑު ހުންނާނީ ވެސް ފުއްނާބުގަ އެވެ. އެހެންވެ ފައިގެ ސާފ ުތާހިރު ކަމަށް ބޮޑަށް ސަމާލު ކަަން ދޭން ވާނ ެއެވެ. އެންމެ ރަނގަޅު ފަރުވާއަކީ ގިނައިން ފެން ބުއިމެވެ. އަދި ފެންވަރާ ކޮންްމެ ފަހަރަކު ހިރި ގާކޮޅަކުން ފައި ދޮވެލުން މުހިއްމެވެ.
ނޯޓް: ތިޔަ ބޭފުޅުންގެ ސުވާލުތަކާއި ޙިޔާލުތަކަށް "އައްޑޫ ލައިވް" ގެ ފަރާތުން މަރުހަބާ ކިޔަމެވެ. އަޅުގަނޑުމެންގެ އެހީ ބޭނުން ފުޅު ނަމަ އީމެއިލް ކުރެއްވުމުން ތިޔަ ބޭފުޅުންގެ ސުވާލުތަކުގެ ޖަވާބު އަޅުގަނޑުމެން ފޮނުވައި ދޭނަމެވެ.