Last Updated: April 19, 23:09
Saturday, April 19, 2025
މުނިފޫހިފިލުވުން

ވަރުން އާ އަހަރު ފާހަގަ ކުރަން ރާއްޖޭގައި

ބޮލީވުޑްގެ މަޝްހޫރު ޒުވާން އެކްޓަރު ވަރުން ދަވަން އާ އަހަރާ ދިމާކޮށް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަން އަތުވެއްޖެ އެވެ.

އޭނާގެ އިސްޓަގްރާމްގައި މިއަދު ވަނީ ޗުއްޓީ ހަދާ ރިިސޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ފޭނުންނާ ހިއްސާކޮށްފަ އެވެ. މިދިޔަ އަހަރު ވެސް ލޯބިވެރިޔާ ނަތާޝާއާ އެކު ވަރުން ރާއްޖެ އަށް ޗުއްޓީ އަށް އައެވެ.

ނަމަވެސް މި ފަހަރު އޭނާއާ އެކު ނަތާޝާ އައި ކަމެއް ނޭނގެ އެވެ.

SEA ? BOBBIN

A post shared by Varun Dhawan (@varundvn) on

ވަރުންގެ ވަރަށް ކާމިޔާބު ދެ ފިލްމެއް މި އަހަރު ބެލުންތެރިންނާ ހަމައަށް އަ އެވެ. އެއީ "ޖުޅްވާ 2" އާއި "ބަދްރީނާތު ކީ ދުލްހަނިޔާ" އެވެ.

Sea Sand and God’s creatures

A post shared by Varun Dhawan (@varundvn) on

އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އެޕްރީލް، 13، 2018 ގައި ރިލީޒް ކުރާ ސުޖިތު ސިރްކާސްގެ "އޮކްޓޯބާ" އިންނެވެ.

މި އަހަރުގެ ޒީ ސިނެ އެވޯޑްސްގައި އެންމެ މޮޅު އެކްޓަރުގެ މަގާމު "ބަދްރީނާތު ކީ ދުލްހަނިޔާ" އިން ވަރުން ވަނީީ ހޯދައިފަ އެވެ. އެ އެވޯޑް ޒީ ސިނެމާ ޗެނަލުން ދެއްކި ރޭގަ އެވެ.