Last Updated: November 23, 13:49
Saturday, November 23, 2024
ޚަބަރު

އެމްއާރްޑީސީގެ އެމްޑީއަކަށް ހަމްދީ

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) ގެ މެނެޖިން ޑިރެކްޓަރުގެ މަގާމަށް ހަމްދީ އަގީލް އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑްގެ ރައީސް މުހައްމަދު ނިޒާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހ. ރަންގަލި ހަމްދީ އެ މަގާމަށް ހަމަޖެއްސީ މިއަދު ކަމަށެވެ.

އެމްއާރްޑީސީގެ އެމްޑީގެ މަގާމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ޝަފާއު ހަސަން މަގާމުން ވަކި ކުރެއްވީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އަދި އޭނާ މަގާމުން ވަކި ކުރީ، މަގާމަށް އައްޔަން ކުރިތާ ގާތްގަނޑަކަށް މަސް ދުވަސް ފަހުންނެވެ.

ޝަފާއު އެ މަގާމަށް އައްޔަން ކުރެއްވި އިރު ކުރިން މަގާމުގައި ހުންނެވި މުހައްމަދު ނިމާލު ވަނީ ޖޫން، 21، 2017 ގައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

އޭގެ ކުރިން އެމްއާރްޑީސީ ހިންގަވަމުން ގެންދެވީ އެކްޓިން މެނެޖިން ޑިރެކްޓަރގެ މަޤާގާމުގައި ހުންނެވި އަހުމަދު މަމްދޫހެވެ.