Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

"ރެހެންދި އެވޯޑް" އަށް ފުރުސަތު ހުޅުވާލައިފި

ގައުމީ ތަރައްގީގައި ފާހަގަ ކުރެވޭ ހިއްސާއެއް އޮވެ، ގައުމަށް ލާބަޔާ މަންފާ ލިބޭ ހިދުމަތް ކޮށްދޭ އަންހެނުންގެ އަގުވަޒަން ކުރުމުގެ މަގުސަދުގައި ޖެންޑަ މިނިސްޓްރީން ދޭ މި އަހަރުގެ "ރެހެންދި އެވޯޑް" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފި އެވެ.

މިނިސްޓްރީން ބުނީ ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.

އެވޯޑަށް އަމިއްލަ އަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުޞަތު އަދި މުއައްސަސާ، އޮފީސް އަދި ކުންފުނިތަކުން ނަން ހުށަހެޅުމުގެ ފުރުޞަތު ވެސް އޮންނާނެ އެވެ.

އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ޖެންޑަ މިނިސްޓްރީހެ ވެބްސައިޓުން މިހާރު ޑައުންލޯޑު ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީwww.gender.gov.mv އެވެ.

މިދިޔަ އަހަރު ރެެހެންދި އެވޯޑް ލިބުނީ ހަތަރު ކަނބަލަކަށެވެ.