Last Updated: November 27, 08:46
Wednesday, November 27, 2024
ޚަބަރު

ކާށި: ދުޅަހެޔޮ ސިއްޙަތަކަށް ވަރަށް މުހިއްމު

1. ފޮނި އެއްޗެހި ތައްޔާރު ކުރުމުގައި ބޭނުންކުރުން

ފޮނި އެއްޗެހި ތައްޔާރު ކުރާއިރު ކާށި އެޅުމަކީ އެ އެއްޗެހީގެ ފޮނިކަން އިތުރުވެގެންދާ ކަމެކެވެ. އެގޮތުން ފޮނި އެއްޗެހި ހަދާއިރު އޭގެ ތެރެއަށް ކުޑަ ހުނިކޮޅެއް ނުވަތަ ކާށި ކިރު ފޮދެއް އެޅިދާނެ އެވެ. މީގެ އިތުރުން ވެސް އާންމުކޮށް ބޭނުންކުރާ ހުދު ފުށުގެ ބަދަލުގައި ކާށި ފުށް ވެސް ކޭކުފަދަ އެއްޗެހި ތައްޔާރު ކުރުމުގައި ބޭނުން ކުރެވިދާނެ އެވެ.

2. ދުޅަހެޔޮ ބުއިމެއް

ކަރާ، އޮރެންޖް ނުވަތަ ފޮނި ލުނބޯ ބޭނުންކޮށްގެން ތަފާތު އެކިއެކި ބުއިންތައް ތައްޔާރު ކުރާއިރު، އޭގެ ތެރެއަށް އާދައިގެ ފެނުގެ ބަދަލުގައި ކުރުނބާ ފެން އަޅާށެވެ. ކުރުނބާ އަކީ ކާބޯތަކެތި ފަސޭހައިން ހަޖަމުކޮށްދިނުމުގައި އެހީތެރިވެދޭ އެއްޗެކެވެ.

3. ކުޑަކުދިންނަށްޓަކައި ސްމޫތީ

އާންމުކޮށް ތައްޔާރުކުރާ މޭވާ ސްމޫތީތަކުގެ ބަދަލުގައި ކާށި ބޭނުންކޮށްގެން ސްމޫތީ ތައްޔާރުކުރާށެވެ. އެގޮތުން ބޭނުންނަމަ ލޯ-ފެޓް ކާށި ކިރު ނުވަތަ ކުރުނބާ ފެން ވެސް ބޭނުންކުރެވިދާނެ އެވެ. މީގެ އިތުރުން ކުޑަކޮށް ކާށި ކޮށާލުމަށްފަހު މިކްސަރު ތެރެއަށް އަޅާލައި ރަނގަޅަށް އެއްކޮށްލާށެވެ. މިއީ ވަރަށް ދުޅަހެޔޮ އަދި ހަށިގަނޑަށް ފިނިކަން ލިއްބައިދޭނެ ބުއިމެކެވެ.

4. ރިހަ ތައްޔާރު ކުރުމުގައި ބޭނުންކުރުން

ތަފާތު ބާވަތްތަކުގެ ރިހަތައް ކައްކާއިރު އޭގެ ތެރެއަށް ހުނި ނުވަތަ ކާށި ކިރު އެޅުމުން، އޭގެ ރަހަ އިތުރަށް ފުރިހަމަވެގެންދާނެ އެވެ. މީގެ އިތުރުން ސެލެޑް ތައްޔާރު ކުރުމުގައި އާއި ރިހަ އަދި މުގު ކައްކަން ފިޔާ މީރު ކުރާއިރު ވެސް ޒައިތޫނި ތެލުގެ ބަދަލުގައި ކާށި ތެޔޮ ބޭނުންކުރާށެވެ.

5. ޤުދުރަތީ މޮއިސްޗުރައިޒާއެއް

ކާށްޓަކީ ހަންގަނޑަށް ވަރަށް ރަނގަޅު އެއްޗެކެވެ. އެގޮތުން އެއީ ހަންގަނޑު ހައިޑްރޭޓް ކޮށްދީ މުޅި ދުވަހު ނަރިޝް ކޮށްފައި ބެހެއްޓުމަށް އެހީވެދޭ އެއްޗެކެވެ. ތާޒާ އަސްލު ކާށި ތެޔޮ މޫނުގައި ހޭކުމުންނާއި ނުވަތަ ކެމިކަލް މޮއިސްޗުރައިޒާގެ ތެރެއަށް ދެތިން ތިކި ކާށި ތެޔޮ އެޅުމަށްފަހު ހަންގަނޑުގައި ހޭކުމުން ހަންގަނޑަށް ތާޒާކަން ލިއްބައިދޭނެ އެވެ.

6. މޭކަޕް ފޮހުން

ކަފަ ކޮޅެއްގައި ކުޑަ ކާށި ތެޔޮ ފޮދެއް ހޭކުމަށް މޫނުގައި ހާކާށެވެ. އޭގެއިން މޫނުގައި ހުރި މޭކަޕްގެ އިތުރުން ހަންގަނޑުގައި ހުންނަ ބޭކާރު ތެޔޮތައް ވެސް ނައްތާލަދީ، ހަންގަނޑު އޮމާންކޮށްދޭނެ އެވެ.