Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

އައްޑޫގައި މޫދު ކަސްރަތު ކުލާސްތަކެއް ފަށަނީ

އައްޑޫގައި މޫދު ކުޅިވަރު ކުލާސްތަކެއް އަންނަ މަހު ފަށާ ގޮތަށް ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހައި ފިޓްނެސް އެކެޑެމީން އިންތިޒާމްކޮށްގެން މުޅި އައްޑު އަށް ހުޅުވާލައިގެން ބާއްވާ މޫދު ކަސްރަތު ކުލާސްތަކުގެ ތެރޭގައި ޖެނެރެލް ފިޓްނެސް އެންޑް ވެއިޓްލޮސް އާއި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ބާއްވާ ކުލާސްތައް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 2 ގަ އެވެ.

މަހަކަށް 500ރ. ގެ ފީއެއް ނަގައިގެން ދެ މަސް ދުވަހުގެ މުއްދަތަށް ބާއްވާ ކުލާސްތަކުގެ އިތުރު މައުލޫމާތު 7414404 އަދި 7955243 އިން ލިބޭނެ އެވެ.

ހައި ފިޓްނެސް އެކެޑެމީން ބުނީ ކުލާސްތައް ކުރިއަށް ދާނީ ހިތަދޫ ފަތާ ޓްރެކާއި މަރަދޫފޭދޫ ބްރިޖް ސަރަހައްދުގައި ކަމަށެވެ.