Last Updated: November 23, 21:59
Saturday, November 23, 2024
މުނިފޫހިފިލުވުން

އެކްޓަރު ޝްރީވައްލާބް މަރުވެއްޖެ

އާމިރް ހާނާ އެކު "ލަގާން" އާއި "ސަރްފަރޯޝް" ފަދަ ފިލްމްތައް ކުޅެފައިވާ ބޮލީވުޑްގެ އެކްޓަރު ޝްރީވައްލާބް ވިޔާސް އާދީއްތަ ދުވަހު މަރުވެއްޖެ އެވެ.

ބަލިވެ އުޅާތާ ގިނަ ދުވަސްތަކެއް ފަހުން 60 އަހަރުގެ އެކްޓަރު މަރުވީ އާދީއްތަ ދުވަހުގެ ހެނދުނު ކަމަށް އޭނާގެ ވަރަށް ގާތް އެކުވެރިއެއް ކަަމަށްވާ ޓީވީ އެކްޓަރު ދަޔާ ޝަންކަރު ބުންޏެވެ.

ދެހާސް އަށް ވަނަ އަހަރު ކުރިމަތިވި ސިއްހީ މައްސަލަތަކަކާ ގުޅިގެން ޝްރީވައްލާބް ވަނީ އެކްޓް ކުރުން ހުއްޓާލައިފަ އެވެ.

އޭނާ ކުޅެފައިވާ އިތުރު ފިލްމްތަކުގެ ތެރޭގައި އާން: މެން އެޓް ވޯކް (2004) އާއި އަބްހޭ (2001) ހިމެނެ އެވެ. ޝްރީވައްލާބް ވަނީ ތިއޭޓަޕްލޭތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ.

އޭނާ މަރުވި އިރު، އަންހެނުންނާއި ދެ އަންހެން ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.