Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

ހުޅުދުއަކީ މި ވަގުތު ޑްރަގްގެ ކިއްލާއެއް: އިބްރާހީމްދީދީ

އިބްރާހީމްދީދީ ޒުވާނުންނާ ބެހޭ މިނިސްޓަރު އިރްތިޝާމްއާ ސަލާން ކުރައްވަނީ.

ހުޅުދޫ މިހާރުވެފައި ވަނި ޑްރަގުގެ ކިއްލާއަކަށް ކަމަށާއި އެކަމާ ދެކޮޅަަށް މަސައްކަތްކޮށް ދިނުމަށް ހުޅުދޫ އަވަށު ބޯޑްގެ ކުރީގެ ރައީސް އިބްރާހީމްދީދީ ގޮވާލައްވައިފި އެވެ.

އޭނާ މިރޭ ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސްއެއްގައި ވިދާޅުވީ ހުޅުދޫގެ ޒުވާނުން މިހާރު އޮޅިފައިވާ ކަމަށެވެ.

"ހުޅުދުއަކީ މިވަގުތު ޑްރަގްގެ ކިއްލާއެއް. ޒުވާނުން މިވަނީ މަގުއޮޅިފައި. މިކަން ހުއްޓުވަން ޕޮލިހަށް ގޮވާލަން،" އިބްރާހީމްދީދީ ވިދާޅުވި އެވެ. "މި ރަށުގައި ދިރިއުޅުމަކީ ބިރުވެރި ކަމަކަށް މި ވަނީވެފައި،"

ހުޅުދުއަކީ އައްޑޫގައި މީހުން ދިރިއުޅޭ ހަތް އަވަށުގެ ތެރެއިން ވަކިން އޮންނަ ދެ އަވަށުގެ ތެރެއިން މީދުއާ އިންވެގެން އަންނަ އަވަށެވެ.

ހުޅުދޫގެ ކުށުގެ ވެށި މިހާރަކަށް އައިސް ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ބުނެ ބައެއް އާންމު ރައްޔިތުން ވެސް ކަންބޮޑުވުން ފާޅު ކުރަމުން ގެންދެ އެވެ. އެކަމަކު އެ އަވަށަކީ 24 ގަޑިއިރު ފުލުހުންގެ ހިދުމަތް ވެސް ދޭ އަވަށެކެވެ.