އިންދަރް ކުމާރުގެ މަޖާ އަދި ކާމިޔާބު ފިލްމް ފްރެންޗައިޒްގެ "ދަމާލް" ގެ ތިން ވަނަ ބައި "ޓޯޓަލް ދަމާލް" ގެ ޝޫޓިން މިއަދު ރަސްމީކޮށް ފަށައިފި އެވެ.
މި ފިލްމްގެ ފުރަތަމަ ޝޮޓް ޝަރަފުވެރިކޮށް ދިނީ އިންދަރްއާ އެކު "ދިލް" ގައި މަސައްކަތްކޮށްފައިވާ އާމިރް ހާނެވެ. އެ ފިލްމްގެ ބަތަލާއަކީ ވެސް މަދޫރީ އެވެ.
"ޓޯޓަލް ދަމާލް" ބެލުންތެރިންނާ ހަމައަށް އަންނާނީ ވަރަށް ހާއްސަ ފިލްމެއްގެ ގޮތުގަ އެވެ. ސަބަބަކީ ވަރަށް މަޝްހޫރު ތަރިންތަކެއް ފިލްމުން މި ފަހަރު ފެނިގެންދާތީ އެވެ.
އެއީ މީގެ ކުރިން ވެސް އެކުގައި ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ މަދޫރީ ޑިކްޝިޓާއި އަނިލް ކަޕޫރް 18 އަހަރަށް ފަހު އަލުން އެކުގައި ސްކްރީނަށް އަންނާތީ އެވެ.
ދެހާސް ވަނަ އަހަރު ރިލީޒް ކުރި "ޕުކާރް" އަށް ފަހު، އެ ދެ މީހުންގެ ޖޯޑް ބޮޑު ސްކްރީނަކުގައި އެކީގައި ފެނިފައެއް ނުވެ އެވެ.
މީގެ އިތުރުން "ޓޯޓަލް ދަމާލް" އިން އަޖޭ ދޭވްގަން ވެސް ފެނިގެން ދާނެ އެވެ. އޭނާ ވަނީ މަދޫރީއާ އެކު 2001 ގައި "ޔޭ ރާސްތޭ ހޭ ޕިޔާރް ކޭ" ގައި މަސައްކަތްކޮށްފަ އެވެ.
ދެހާސް ހަތެއްގައި ރިލީޒް ކުރި "ދަމާލް" އާއި 2011 ގައި ރިލީޒް ކުރި "ޑަބަލް ދަމާލް" ގައި ސަންޖޭ ދަތު މުހިއްމު ރޯލެއް ކުޅުނު ނަމަވެސް، "ޓޯޓަލް ދަމާއިލް" އިން އޭނާ ފެނިގެނެއް ނުދާނެ އެވެ.
އެކަމަކު ޕްރިކްއެލްގެ މުހިއްމު ތަރިންތައް ކަމަށްވާ ރިތޭޝް ދޭޝްމުކް، އަރްޝަދު ވަރްސީ އަދި ޖާވިދް ޖެފްރީ އެ މީހުންގެ ކުރީގެ ކެރެކްޓާތަކުން މި ފަހަރު ވެސް ފެނިގެން ދާނެ އެވެ.
"ޓޯޓަލް ދަމާލް" އަކީ 2014 ގައި ރިލީޒް ކުރި "ގުލާބް ގޭންގް" އަށް ފަހު މަދޫރީ ކުޅޭ ފުރަތަމަ ފިލްމް ވެސް މެ އެވެ.