Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

އިންތިހާބު ގަޑުބަޑު ކުރެވޭނީ އަޅުގަނޑުމެން މަރާލާފައި: މަހްލޫފް

ރިޔާސީ އިންތިޚާބު ގަޑުބަޑު ކުރަންޖެހޭނީ އިދިކޮޅު ފަރާތްތައް މަރާލާފައި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދް މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވެފައި ވަނީ، ސެކިއުރިޓީ ކޮމާންޑަރަކަށް ޗީފް ސުޕްރިޓެންޑެންޓް ހަމްދޫން ހަމަޖެއްސެވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މީގެ ކުރިން އިންތިހާބަކަށް މިހާ ދުރާލައި ފުލުހުން ތައްޔާރު ނުވާކަން ފާހަގަކުރައްވައި މަހްލޫފް ވިދާޅުވީ، "އިންތިހާބު ގަޑުބަޑު ކުރަންޖެހޭނީ އިދިކޮޅު ސިޔާސީ ފަރާތްތައް މަރާލާފައި ކަމަށެވެ.

މިއަހަރު ބާއްވަންޖެހޭ ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހެއް އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އިއުލާން ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ޤާނޫނުތައް ބުނާގޮތުން މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ކުރިން ރިޔާސީ އިންތިހާބު ބާއްވާ، ބޭފުޅަކު އިންތިހާބު ކޮށް، ރައީސް ކަމުގެ މަގާމާ ހަވާލުވާން ޖެހެއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބު ފޯރިގަދަވެގެން ދާއިރު ރާއްޖޭގައި މިނިވަން އިންތިޚާބެއް ބޭއްވިދާނެތޯ ގިނަ ބަޔަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ. އެފަރާތްތަކުން ބުނާ ގޮތުގައި މިއީ ދައުލަތުގެ ހުރިހާ މުއައްސަސާއެއް ސަރުކާރުގެ ނުފޫޒުގެ ދަށުގައި އޮވެ، އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލުމަށް ފަހު ބާއްވާ އިންތިހާބެއް ކަމަށެވެ.