އައްޑޫގެ ބިމުގެ ސާވޭއެއް ހަދައި ދޭނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުން މި މަހުގެ 21 ވަނަ ހެނދުނު 9:00 ގައި ހައުސިން މިނިސްޓްރީގައި އޮންނާނެ އެވެ.
ސާވޭއާ ގުޅޭ މައުލޫމާތު ކަރުދާސް މިއަދުން ފެށިގެން މިނިސްޓްރީގެ ކައުންޓަރުން ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު 3003258 އިން ހޯދޭނެ އެވެ.
އައްޑޫގެ ބިމުގެ ސާވޭއެއް ކުރާނެ ބަޔަކު ހޯދަން އިއުލާން ކުރި ނަމަވެސް، މިއީ ކޮން ކަމަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ސާވޭއެއް ކަމެއް ހައުސިން މިނިސްޓްރީއަކުން ނުބުނެ އެވެ.