Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

ރޭ ވެސް އައްޑޫން ކަރަންޓް ކެނޑުނު

ފެނަކަ ކޯޕަރޭޝަން ހިތަދޫ ބްރާންޗް އޮފީސް. އައްޑޫލައިވް ފޮޓޯ: އަލީ ހުޒާމް

އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓު ދިނުމަށް ބޭނުން ކުރާ ޖަނެރޭޓަރުތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ރޭ ދަންވަރު ވެސް ގުޅިފައިވާ އަވަށްތަކުގެ ހުރިހާ ހިސާބަކުން ކަރަންޓު ކެނޑިއްޖެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން ފެނަކައިގެ އޮފިޝަލަކު ވިދާޅުވީ، "ކެނޑުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން" ކަމަށެވެ.

ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް އޭނާ ނުދެއްވައެެވެ.

ރޭ ވެސް ބައިގަނޑިއެއް ހާއިރަށް ގުޅިފައިވާ އަވަށްތަކުން ކަރަންޓު ކެނޑިފައިވާއިރު، ކަރަންޓު ކެނޑޭ މައްސަލަ ފާއިތުވި ހަފްތާގެ ނިޔަލަށް ހައްލު ކުރެވޭނެ ކަމަށް ފެނަކައިން މީގެ ކުރިން ވަނީ ބުނެފައެވެ.

ފެނަކައިގެ އެމްޑީ އަހްމަދު ޝަރީފް ވިދާޅުވެފައި ވަނީ، ޖެނުއަރީ މަހުގެ 2 ވަނަ ހަފުތާ ތެރޭގައި އިންޖީނުގެއަށް އަލަށް ގެނައި ޖެނެރޭޓަރުތައް ޓެސްޓްކޮށް ނިމި ކަރަންޓްގެ މައްސަލަ އެއްކޮށް ހައްލު ވާނެ ކަމަށެވެ.