Last Updated: November 23, 21:59
Saturday, November 23, 2024
މުނިފޫހިފިލުވުން

"ބާރަތު" ގައި ސަލްމާންގެ އެންމެ ޒުވާން އުމުރު

ސަލްމާން ހާންގެ ކުރިއަށް އޮތް ފިލްމް "ބާރާތު" ގައި އޭނާ އެންމެ ޒުވާން އުމުރު ދައްކުވައި ދޭނެ ކަމަށް ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ބުނެފި އެވެ.

މިހާރު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ "ޓައިގާ ޒިންދާ ހޭ" ޑައިރެކްޓް ކުރި އަލީ ބުނީ ޓާގެޓަކީ 1989 ގައި ސަލްމާން ކުޅުނު "މޭނޭ ޕިޔާރް ކިޔާ" ގައި އޭނާ ފެންނަ ގޮތް "ބާރަތު" އިން ދައްކުވައި ދިނުން ކަމަށެވެ.

މި ފިލްމްގައި ސަލްމާން، 52، ގެ 18-70 އަހަރާ ދެމެދު އުމުރުފުރާ ދައްކަން ޖެހެ އެވެ.

"ބާރަތުގެ ސްކްޕްރިޓް މިހާރު އޮތީ ނިމިފައ. މޭނޭ ޕިޔާރް ކިޔާގައި ސަލްމާން ފެންނަ ގޮތް ބާރަތުގައި ދައްކުވައި ދޭން މަސައްކަތް ކުރާނަން. އޭގެ ރިސާޗްތަކުގެ ތެރޭގައި މި އުޅެނީ،" ސަލްމާންގެ "ސުލްތާން" ގެ ވެސް ޑައިރެކްޓަރު ބުންޏެވެ. "މި ފިލްމް ކުޅެން ސަލްމާން ވަރަށް ބޮޑަށް ބަރުދަން ވެސް ލުއި ކުރާނެ."

"ބާރަތު" ގެ ޝޫޓިން އަންނަ އެޕްރީލް މަހު ފަށާ ގޮތަށް ތާވަލްކޮށްފައިވާ އިރު، ފިލްމް ސިނަމާތަކަށް އަންނާނީ 2019 ގެ ފިތުރު އީދުގަ އެވެ.

ޓީ ސީރީޒް އާއި ސަލްމާންގެ ޅިޔަނު އަތުލް އަގްނިހޯތުރީ ޕްރޮޑިއުސް ކުރާ "ބާރަތު" އަކީ 2014 ގައި ރިލީޒް ކުރި ކޮރެއާގެ ފިލްމް "އޯޑް ޓް މައި ފާދާ" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.