މާލޭގެ މަގުމަތީގައި ބުދު ދީނުގެ ދެ ހާމުދުރަކު އުޅޭތަން ފެނިގެން އެކަމާއި ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރުމާއި ގުޅިގެން އެމީހުންނަށް ފުލުހުން ހިމާޔަތް ދީފިއެވެ.
މިކަމާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން ފުލުހުންނަށް އަމާޒުވެފައިވާއިރު ފުލުހުން ބުނެފައިވަނީ ދެ ހާމުދުރުން މަގުމަތީގައި އުޅެނިކޮށް ދިވެހިންގެ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުން އެ ދެ މީހުން ތިބޭ ހޮޓަލާ ހަމައަށް ގެންގޮސްދީފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ބައެއް މީޑިޔާތަކުގައި މި ހާމުދުރުންނަށް ހަމަލާ ދޭން އުޅުނު ކަމަށް ރިޕޯޓްކޮށްފައި ވި ނަމަވެސް އެފަދަ އެއްވެސް ކަމެއް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފައެއް ނުވެއެވެ.