ސިޔާސީ ދާއިރާ ފެންނަ މީހުންގެ ތެރެއިން ބައެއް މީހުންގެ ސިފަ އަށް ދޭތެރެ ދޭތެރެ އިން ބަދަލު އަންނަ ތަން ފެނުމަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ކަމެކެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކާއި ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ބޮލުގެ އިސްތަށިގަނޑު ނުރަވުމާއި ކަޅުވުން ވަރަށް ބޮޑަށް އަޅައި ގަންނާނެ އެވެ. އެކަމަކު މި ފަހަރު އެ މީހުންގެ ވާހަކައެއް ނޫނެވެ.
ޕީޕީއެމްގެ އެއް ނައިބް ރައީސް އަދި ލ. ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް (އަދުރޭ) ގެ ވާހަކަ އެވެ. އޭނާގެ އާ "މީޭކްއޯވާ" ގެ ވާހަކަ އެވެ. ރޭ ޓީވީއެމުން ގެނެސް ދިން "ތަރައްގީ އާއި ކުރިއެރުން" ޕްރޮގްރާމްގައި އަދުރޭ ފެނުނީ ވަރަށް ތަފާތު ލުކެއްގަ އެވެ. އޭނާގެ ތުނބުޅި ރޭ ހުރީ ޕްރެންޗް ބިޔަޑަކާ ވައްތަރުވާ ގޮތަށް ކޮށައިމަށައިފަ އެވެ. އަދި ތުނބުޅި އާއި މަތިމަސް އެއްކޮށް ހުރީ ނުރަވެފަ އެވެ.
މި ބަދަލަކީ ކުރިން ނުފެންނަ ބަދަލަކަށްވާތީި އަދުރޭގެ މި ލުކާ ބެހޭ ގޮތުން ރެއިން ފެށިގެން ވަނީ ސޯޝަލް މީޑިއާގައި ވެސް ބަހުސްތަކެއް ހިނގައި އެވެ. އެކަމަކު އެއް ބަޔަކު އޭނާގެ އާ ސިފަ އަށް ކީ ފާޑެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި ސިފަ ކިތަންމެ ވަރަކަށް ބަދަލު ކުރިޔަސް، މީހާ ކޮށްފައި ހުރި ކަންކަމެއް ބަދަލެއް ނުވާނެ އެވެ.
އެކަމަކު ދެން އެ ވާހަކައެއް ވެސް ނޫނެވެ. އަދުރޭ ސިޔާސީ ދާއިރާ އިން އެންމެ ބޮޑަށް ފާހަގަ ކުރެވެން ފެށި ހިސާބުން އެކި ދުވަސްވަރު އޭނާގެ ލުކަށް ބޮޑެތި ތަފާތުތަކެއް އަންނަކަން ފާހަގަ ކުރެވޭނެ އެވެ.
އެންމެ ފުރަތަމަ އާންމުން ދަންނަ މީހަކަށް އޭނާވީ އިރު، އާންމުކޮށް ހުރީ މަތިމަހެއް ލައިފަ އެވެ. ދޭތެރެ ދޭތެރެ އިން މަތިބަސް ވަރަށް ބޮޑަށް ތުނިކޮށްލަ އެވެ. ނޫނީ އެއްކޮށް ކްލީން ޝޭވިން ހަދާ އެވެ.
ފްރެންޗް ސްޓައިލްގެ ނުރަ ތުނބުޅިއަކާ އެކު، މިހާރު އޭނާގެ ސްޓައިލް ބަދަލުވުމާ ހަމައަށް ހުރީ ކްލީން ޝޭވީންގަ އެވެ.
ކޮންމެއަކަސް އަދުރޭގެ ސްޓައިލް ތަފާތުވާކަން މިއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. ނޭނގެނީ އޭގެ ފަހަތުގައި އޮތް ސިއްރެކެވެ.