Last Updated: April 19, 16:08
Saturday, April 19, 2025
ޚަބަރު

އެސްޓީއޯ އިން އައު ތެޔޮ ޓޭންކަރެއް ގެނެސްފި

އެސްޓީއޯގެ އައު ތެޔޮ ބޯޓު "އެމްޓީ އަލިމަސް" ގެ އޮޕަރޭޝަން ރަސްމީކޮށް ފަށައިފި އެވެ.

މިކަމަށްޓަކައި ހޯމަ ދުވަހު ހެނދުނު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނެޖިން ޑިރެކްޓަރު އަޙްމަދު ޝަހީރު ވިދާޅުވީ އެސްޓީއޯއަކީ އާންމު ރައްޔިތުންނަށް ދޭ އަސާޞީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކުންފުންޏެއް ކަމަށެވެ.

އެގޮތުން "އެމްޓީ އަލިމަސް" ގެ ޓެކްނިކަލް އޮޕަރޭޝަން ބަލަހައްޓާނީ އެސްޓީއޯގެ ޓެކްނިކަލް ޓީމަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެސްޓީއޯގެ "އަލިހުރަސް"، "އަލިމަސް" ތެޔޮ ބޯޓްގެ ސަބަބުން އެހެން ބަޔަކަށް ބަރޯސާ ނުވެ އެސްޓީއޯގެ ފިއުލް އޮޕަރޭޝަންސް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.

މި ބޯޓަކީ 25،000 މެޓްރިކްޓަންގެ ޓޭންކަރެކެވެ.