Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

އައްޑޫ ނޭޗާ ޕާކްގެ ލޯގޯ ފަރުމާ ކުރަން ހުޅުވާލައިފި

އައްޑޫ ނޭޗާ ޕާކްގެ ލޯގޯ ފަރުމާކޮށްގެން ހޮވޭ އެންމެ މޮޅު ލޯގޯއެއް ކުރެހި މީހަކަށް ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދޭން އެންވަޔަރަމަންޓް މިނިސްޓްރީން ނިންމައިފި އެވެ.

މި ލޯގޯއަކީ ހިތަދޫ އީދިގަލި ކުޅި އާއި ކޯއްޓޭ ސަރަހައްދަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އިކޯ ޓޫރިޒަމް މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދާ ކަމެކެވެ.

އިކޯ ޓޫރިޒަމްއަކީ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީސީއޭޕީ) ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ސީސީއޭޕީން ބުނީ ރާއްޖޭގެ ފުރަތަމަ ނޭޗާ ޕާކްގެ ލޯގޯ ފަރުމާކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ލޯގޯ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ. ލޯގޯ ހުށަހަޅަން ޖެހެނީ cctf@environment.gov.mv އީމެއިލަށެވެ.

ސީސީއޭޕީން ބުނީ ލޯގޯ ފަރުމާ ކުރާ އިރު، އެއީ އަމިއްލަ އެއްޗަކަށް ވާން ޖެހޭނެ ކަމަށާއި ލޯގޯއަކީ އީދިގަލި ކުޅި އާއި ކޯއްޓޭ ރަމްޒުކޮށްދޭ ކަހަލަ ލޯގޯއަކަށް ވެސް ވާން ޖެހޭނެ ކަމަށެވެ.