Last Updated: November 28, 20:34
Thursday, November 28, 2024
ޚަބަރު

ނާޒިލް އަމިއްލަ އަށް ވަކިވީކީ ނޫން، މަގާމުން ވަކިކުރީ: ޒުހައިރު

* ނާޒިލު އަޅުގަނޑުގެ ވަރަށް ގިނަ ޝަކުވާ ކުރި: ޒުހައިރު

އައްޑޫގައި ތިއްބަވާ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުންނާއި އެކު ހައުސިން މިނިސްޓަރު މުއިއްޒު.

ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު ކަމުން ހަސަން ނާޒިލް އަމިއްލަ އަށް ވަކިވީ ނޫން ކަމަށާއި އެހެން ނަމަވެސް އޭނާ އެ މަގާމުން ވަކިކުރީ ކަމަށް ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު މުހައްމަދު ޒުހައިރު ވިދާޅުވެއްޖެއެވެ.

ޒުހައިރު މިހެން ވިދާޅުވެފައި ވަނީ ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓްގެ މުވައްޒަފުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

"އަމިއްލައަށް އެދިގެން ކަމަށް. އެކަމަކު އެހެން އެދިގެންނެއް ނޫން. އެއީ ސަރުކާރަށް ބޭނުންފުޅު ވީމައި ވަކިކުރެއްވީ. ބައެއް ނޫސްތަކުގައި ތަފާތު ކޮށް ލިޔެފައި އޮތް. މިނިސްޓަރު ވެސް އިއްޔެ އެކަން ފާހަގަކުރެއްވި.." ޒުހައިރު ވިދާޅުވިއެވެ.

ޒުހައިރު ވިދާޅުވި ގޮތުގައި ނާޒިލް މަގާމުން ވަކިވެގެން ސަރުކާރަށް ގޮންޖަހާފައި ދިޔައީ ނޫން ކަމަށާއި އެމީހާ މިވަގުތު ސަރުކާރަށް ބޭނުން ނުވާތީ ހެޔޮގޮތުގައި ސަރުކާރުން ވަކިކުރެއްވީ ކަމަށެވެ.

"އެހެން ނަމަވެސް ކޯޑިނޭޓަރު ކަމުގައި ނާޒިލު އުޅުއްވި އިރު އަޅުގަނޑުގެ ވަރަށް ގިނަ ޝަކުވާ ދިޔަ. ނާޒިލުގެ ހާޒިރުގައި މިނިސްޓަރު ވެސް އެވާހަކަ ވިދާޅުވި. މިތަނުގައި ހިނގާ ކަންކަމާއި ގުޅިގެން ނާޒިލް ޝަކުވާ ކުރައްވާފައި ހުރި ކަމާއި މިތަނުގެ ކޮންމެވެސް މުވައްޒަފުންތަކެއް އެ މައުލޫމާތު ފޯރުކޮށްދޭކަން އޮތީ އެނގިފެއި"

މީގެ އިތުރުން ޒުހައިރު ވިދާޅުވި ގޮތުގައި ފޭދޫގައި ހުންނަ ހައުސިން މިނިސްޓްރީގެ އޮފީހާއި މެދު ވަކިގޮތެއް އަންގަވަން ދެން އެތަނުގެ ކަންތައް ބެލެހެއްޓުމަށް އެބޭފުޅާއަށް މިނިސްޓަރު އަންގަވާފައިވާ ކަމަށެވެ.

ނާޒިލް މަގާމުން އިސްތިއުފާ ދިން ފަހުން މުވައްޒަފުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޒުހައިރު ވަނީ، މިނިސްޓްރީގެ އެއްވެސް މުވައްޒަފެއް އަދި ނާޒިލުގެ އެއްވެސް ޝަކުވާއެއް މިނިސްޓަރު އަރިހުގައި ކުރައްވާފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު ކަމުން އިސްތިއުފާ ދެއްވުމަށް ފަހު 'އައްޑޫލައިވް' އަށް ދިން އިންޓަވިއު އެއްގައި ނާޒިލް ބުނެފައި ވަނީ، އިސްތިއުފާ ދިނުމަކީ އަމިއްލަ ނިންމުމެއް ކަމަށާއި އެއީ ވަކި ފަރާތެއްގެ ނުފޫޒާއި ހެދި ނިންމި ނިންމުމެއް ނޫން ކަމަށެވެ.

ނާޒިލް އިސްތިއުފާ ހުށަހެޅި އިރު މި ފަހަކަށް އައިސް ޕީޕީއެމް ފޭ ބައެއް އެކްޓިވިސްޓުންގެ ފަރާތުން އޭނާ އަށް އެކި ކަހަލަ ފާޑު ކިޔުންތައް އަމާޒުވެފައިވެ އެވެ. އަދި ޕީޕީއެމް ފޭދޫ ގޮފީގެ ކަންކަން އެނގޭ މީހުން ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމްދީދީ (އައިބީ) އާއި ނާޒިލްގެ ގުޅުމަށް ވަނީ ވަަރަށްް ބޮޑަށް ބުރޫ އަރައިފަ އެވެ.