ކުޑަކުދިންގެ އޮރިޔާންޑް ހެދި ކަމަށް ބުނާ މައްސަލައެއްގައި އަންނަ މާޗް މަހުގެ ތެރޭގައި ހުކުމެއް ވެސް އިއްވަން ހަމަޖެހިފައިވާ މަޝްހޫރު ޓީވީ ސިލްސިލާ "ގްލީ" ގެ އެކްޓަރު މާކް ސެލިން އިއްޔެ މަރުވެއްޖެ އެވެ.
ހޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން "ޕަކާ" ގެ ކެެރެކްޓާ އިން މަގުބޫލުވި އެކްޓަރު މަރުވެފައި އޮއްވާ ފެނުނީ އިއްޔެ ހެނދުނު އޭނާ ދިރިއުޅޭ ގޭގެ ކައިރިންނެވެ.
އަދި ލޮސް އެންޖެލިސްގެ ކައުންޓީ ކޯނާ އޮފިސަރު އެޑް ވިންޓާ ކަށަވަރުކޮށް ދީފައިވާ ގޮތުގައި މާކް މަރުވީ އަމިއްލައަށެވެ.
"ރޮކީ ރޯޑް" އާއި "ދަ ގްރޭވްޔާޑް" ފަދަ ފިލްމްތައް ވެސް ކުޅެފަިއވާ މާކް، 35، ވަނީ 2009-2015 އަށް ދެއްކި "ގްލީ" ގެ ހަ ސީޒަނުގައި ވެސް މަސައްކަތްކޮށްފަ އެވެ.
ކުޑަކުދިންގެ އޮރިޔާންކާޑް މައްސަލާގައި އޭނާގެ މައްޗަށް ކުރާ ދައުވާގައި ހުކުމް ކުރުން ތާވަލުކޮށްފައި އޮތީ މާޗް، 7، 2018 ގަ އެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ނަމަ ހަތަރު އަހަރާއި ހަތް އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.