ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެމްއެންޑީއެފުން ދެމުން ގެންދިޔަ ސެކިއުރިޓީ ކަނޑާލައިފިއެވެ.
ސަރުކާރަށް ތާއީދު ކުރާ ގިނަ ބައެއްގެ ނުރުހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ފަނޑިޔާރުންގެ ސެކިއުރިޓީ ކަނޑާލި ސަބަބު އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
ފަނޑިޔާރުންގެ ސެކިއުރިޓީ ކަނޑާލި އިރު، ފަނޑިޔާރުން ހައްޔަރު ކުރަން އުޅޭ ކަމުގައ އަޑުތަކެއް ވެސް ސޯޝަލް މީޑިޔާގައި ދަނީ ފެތުރެމުންނެވެ.