Last Updated: November 28, 17:45
Thursday, November 28, 2024
ޚަބަރު

"ރައްޔިތުންގެ ބާރު ނެތް ތަނަކަށް ގައުމު ނުކިޔޭނެ، ވަނީ ގަބީލާއަކަށް"

ރައްޔިތުންގެ ބާރު ނެތްތަނަކަށް ގައުމޭ ނުކިޔޭނެ ކަމަށާއި އެފަދަ ތަނެއް ވާނީ ޤަބީލާއަކަށް ކަމަށް ކުރިން ސިފައިންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އިބްރާހިމްދީދީ މިހެން ވިދާޅުވެފައި ވަނީ ފުލުހުންގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރި ޓްވީޓްތަކަށް ރައްދު ދެއްވަމުންނެވެ.

ފުލުހުންގެ އިސް އޮފިސަރުންގެ ފޮޓޯ އަކާއި އެކު ކުރި ޓްވީޓެއްގައި ފުލުހުންގެ މުއައްސަސާއިން ބުނެފައިވަނީ، "ދިވެހި ގައުމުގެ އަމާންކަމާއި މަސްލަހަތު ހިމާޔަތް ކުރުމަށް ފުލުހުންގެ ސަފުތައް ވަނީ ހިތްވަރާއި އެކު ރުކުރުވާލާފައި" ކަމަށެވެ.

ތިބޭފުޅުންގެ ފޮތުން ދިވެހި ޤައުމަކީ އަކީ ޔާމީން އަބްދުލް ޤައްޔޫމް ތޯ؟ އަމާންކަމާއި މަސްލަހަތަކީ ވަކި މީހަކު ބޭނުންވާ ގޮތަކަށް ޚަޒާނާ ކެނަލައިޒް ކޮށް ދިނުމަށް މަގު ފަހި ކޮށް ދެއްވުންތޯ؟ ރައްޔިތުންގެ ބާރު ނެތްތަނަކަށް ގައުމު ނުކިޔޭނެ އެ ވަނީ ގަބީލާއަކަށް."

ފުލުހުންގެ މިވާހަތަކަށް ރައްދު ދެއްވައި އިބްރާހިމްދީދީ ވަނީ ފުލުހުންގެ ފޮތުން ދިވެހި ޤައުމަކީ ރައީސް ޔާމީންތޯ ސުވާލު އުފައްދަވާފައެވެ. އަދި ފުލުހުން ބުނާ އަމާންކަމާއި މަސްލަޙަތަކީ ވަކި މީހަކު ބޭނުންވާ ގޮތަކަށް ޤައުމުގެ ޚަޒާނާ ދަވާލަން މަގުފަހިކޮށް ދިނުންތޯ ވެސް އިބްރާހިމްދީދީ ވަނީ ސުވާލު އުފައްދަވާފައެވެ.