ރައީސް އަބްދުﷲ ޔާމީންގެ ސަރުކާޜުގެ ޤާނޫނީ ސައްހަކަން ގެއްލިފައިވާ ކަމަށާއި އެހެންވެ މިހާރު ފުލުހުންނަށް އާއްމު ރައްޔިތުންގެ ގަޔަށް ބޮލަށް ނޭރޭނެ ކަމަށް ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ތަޅުއެޅުވި ހިސާބުންނާއި އަދި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން ދެކޮޅު ހެދި ހިސާބުން ސަރުކާރުގެ ޤާނޫނީ ސައްހަކަން ވަނީ ގެއްލިފައެވެ.
Fuluhun nah mihaaru aamu Rahyithunge gayah bolah neyreyne. Haasakoh SC ge amuru thanfeez nukoh Majilis thalhu elhuvi hisaabun, mi sarkaaruge Gaanoonee shahha kan venee gehlifa.
— Mohamed Musthafa (@Thimarafushi) February 5, 2018
"ފުލުހުންނަށް މިހާރު އާއްމު ރައްޔިތުންގެ ގަޔަށް ބޮލަށް ނޭރޭނެ" މުސްތަފާ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މުސްތަފާ ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ މިރެއަކީ ބޮޑު ރެއަކަށް ވާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް މިރޭ ބޮޑު ރެއަކަށް ވަނީ ކީއްވެގެން ކަމެއް މުސްތަފާ ވިދާޅެއް ނުވެއެވެ.