Last Updated: November 28, 16:38
Thursday, November 28, 2024
ޚަބަރު

މުއިއްޒު އަކީ "ބިޔަ ބޮޑު ވަގެއް" ކަން ސާފުވެއްޖެ: މަހްލޫފް

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު އަކީ "ބިޔަ ބޮޑު ވަގެއް" ކަން ސާފުވެފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދް މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވެފައިވަނީ، ހުޅުމާލެއިން ފްލެޓްތައް ދޫކުރި އިރު ފްލެޓަށް ޝަރުތު ހަމަ ނުވާ ބަޔަކަށް ވެސް ފްލެޓް ދީފައިވާކަން ފަޅާއަރާފައި ވަނިކޮށެވެ.

ފްލެޓް ދޫކުރި މީހުންގެ ލިސްޓް އާއްމުވެފައިވާއިރު، އެ ލިސްޓުން އެނގޭ ގޮތުގައި"މިނިސްޓާ ލިސްޓް"ގެ ނަމުގައި ވަކި ލިސްޓެއް ހަދައި، 89 ޕޮއިންޓުން ފެށިގެން 54 ޕޮއިންޓާ ހަމަޔަށް ޕޮއިންޓް ލިބުނު ބައެއް މީހުންނަށް ވެސް ފްލެޓް ދީފައިވެ އެވެ.

މިކަމަށް އިޝާރާތް ކުރައްވައި މަހްލޫފް ވިދާޅުވެފައި ވަނީ މިއީ މީގެ ކުރިން ވެސް އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަ ކަމަށެވެ. އަދި ނިކަމެތި ރައްޔިތުންގެ ބޯހިޔާވަހިކަން ފޭރިގެންފައިވާތީ، ޑރ. މުއިއްޒު ހައްޔަރު ކުރަންޖެހޭ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މަހްލޫފް ވިދާޅުވެފައި ވަނީ "ވަގު ޔާމީން"ގެ ކިބައިން ސަލާމަތްވުމަށް ކުރެވުނު ކޮންމެ ކަމެއް ކުރަން ޖެހޭ ކަމަށެވެ.