ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ސުޕްރީމް ކޯޓުގެ އަމުރުތަކަށް ތަބާވުމަށް އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ގޮވާލައިފިއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ގިނަ ހައްގުތަކެއް ހިފެހެއްޓިގެންދާ ކަން ވަނީ ފާހަގޮށްފައެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ ބަޔާނުގައި ވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން ސަރުކާރުން ދެކޮޅު ހަދާފައިވާ ކަން ވެސް ފާހަގަކޮށްފައެވެ.
ރައީސް ޔާމީނަށް އަމާޒުކުރައްވައި ސުޕްރީމް ކޯޓުގެ އަމުރުތަކަށް ތަމާބުމަށާއި ކުއްލި ނުރައްކަލުގެ ހާލަތާ އެކު ހިފަހައްޓާފައިވާ ހައްގުތައް އަނބުރާ ދިނުމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ފުރުސަތު ތަނަވަސްކޮށް ދިނުމަށް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން އެމެރިކާގެ ރިިޔާސީ ގަނޑުވަރު ކަމަށްވާ ވައިޓްހައުސްގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލުން ވެސް ރޭ ވަނީ ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.