Last Updated: November 23, 21:59
Saturday, November 23, 2024
މުނިފޫހިފިލުވުން

"ކިކް 2" އަންނަ އަހަރުގެ ކްރިސްމަސްގައި

މިއީ ޔަގީނުން ވެސް ސަލްމާން ހާންގެ ފޭނުން ވަރަށް އުފާވާނެ ކަހަލަ ވާހައެކެވެ. އޭނާގެ ކާމިޔާބު ފްރެންޗައިޒް "ދަބަންގް" ގެ ތިން ވަނަ ބައި ބެލުންތެރިންނާ ހަމަށް އަންނާނެ އިރެއް ނޭނގުނަސް "ކިކް" ގެ ދެވަނަ ބައި މިހާރު މިއޮތީ އިއުލާންކޮށްފަ އެވެ.

އެ ފިލްމްގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ސާޖިދު ނަދިއަދްވާލާ ވަނީ "ކިކް 2" އަންނަ އަހަރުގެ ކްރިސްމަސްގައި ސިނަމާތަކަށް ގެންނާނެކަން ކަށަވަރުކޮށް ދީފަ އެވެ.

ދެހާސް ސާދައިގައި ރިލީޒް ކުރި "ކިކް" އަކީ ސާޖިދުގެ ފުރަތަމަ ޑައިރެކްޝަނެވެ. އަނެއްކޮޅުން އެ ފިލްމަކީ ސަލްމާންގެ އެންމެ ކާމިޔާބު ފިލްމްތަކުގެ ތެރެއިން އެއް ފިލްމެވެ.

"ކިކް" ވެގެން ގޮސްފައި ވަނީ ސަލްމާނާއި ޖެކްލިން ފެނާންޑޭޒްގެ ޖޯޑް ވެސް ވަރަށް މަގުބޫލުވެގެން ދިޔަ ފިލްމަކަށެވެ.

"ކިކް 2" ރިލީޒް ކުރާ ތާރީހު އިއުލާން ކުރި ނަމަވެސް، ސަލްމާން ފިޔަވައި، ފިލްމްގެ އެހެން ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. އެކަމަކު ބޮޑު ސުވާލަކީ ދެވަނަ ބައިން ވެސް ޖެކްލީން ފެނިދާނެތޯ އެވެ.

ސަލްމާނާއި ޖެކްލީން މިހާރު އަންނަނީ "ރޭސް 3" ގެ މަސައްކަތް ކުރަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ކިކް 2" ގެ މަސައްކަތް ފަށާނީ އަންނަ އެޕްރީލްގައި ޝޫޓިން ފަށާ ސަލްމާންގެ "ބާރަތު" ގެ މަސައްކަތް ނިންމައިލުމަށް ފަހު އެވެ.

މި ފިލްމަކީ ސަލްމާންގެ އެންމެ ހިޓް ފިލްމްގެ ލަގަބު މިހާރު ހޯދާފައިވާ "ޓައިގާ ޒިންދާ ހޭ" ގެ ޑައިރެކްޓަރު އަލީ އައްބާސް ލިޔެ، ޑައިރެކްޓް ކުރާ ފިލްމެކެވެ.