Last Updated: November 23, 10:09
Saturday, November 23, 2024
ޚަބަރު

ޔޫތް ޗެލެންޖް 2018 ހުޅުވައިފި

ޒުވާނުންނަށް ވަޒީފާއާ ތަމްރީނު އަދި ތަޢުލިމީ ގިނަ ފުރުސަތުތަކަކާއެކު ކުރިއަށްގެންދާ "ޔޫތް ޗެލެންޖް 2018" ފަށައިފިއެވެ.

ދަރުބާރުގޭގައި މިމަހުގެ ދިހަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޔޫތް ޗެލެންޖަކީ ކޮންމެ އަހަރަކުވެސް ޔޫތް މިނިސްޓްރީއިން ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދާ ޗެލެންޖެކެވެ.

އެކިއެކި ފުރުސަތުތައް ޒުވާނުންނަށް ފަހިކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ޔޫތް ޗެލެންޖުގެ ތެރެއިން ސަރުކާރު އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުގެ ވަޒީފާގެ ފުރުސަތުތަކާ، އެޑިއުކޭޝަން މިނިސްޓްރީއާއި ޓުއަރިޒަމް މިނިސްޓްރީއާ، ރާއްޖޭގައި ހުންނަ ކޮލެޖް ޔުނިވާރސިޓީތަކުގައި ލިބެން ހުރި ތަމްރީންތަކުގައި ބައިވެރިވުމުގެ ފުރުސަތު ޒުވާނުންނަށް ލިބިގެންދާނެ ކަމަށް ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

މި ޔޫތު ޗެލެންޖްގައި 112 ފަރާތުން 790 ވަޒީފާގެ ފުރުޞަތު އަދި ތަޢުލީމީ ދާއިރާއިން ބައިވެރިވެ ވަޑައިގަންވާ ފަރާތްތަކުން 901 ކޯސް ހުށަހަޅުއްވާފައިވެއެވެ.

އަދި މިއީ ސަރުކާރުން ރާއްޖޭގެ ވަޒީފާގެ ދާއިރާއަށް 94،000 ފުރުސަތު ފަހިކުރުމަށް ވެފައިވާ ވައުދުމުގެ މަޤްސަދުގައި ކުރިޔަށް ގެންދާ ހަރަކާތެއްކަންވެސް ޔޫތް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.