Last Updated: November 22, 23:40
Friday, November 22, 2024
ޚަބަރު

ދިއްދޫ ފުލުހުން ހިތަދޫ މީހަކު ހޯދަނީ

ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން ހިތަދޫ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ހޯދަނީ ހިތަދޫ، ކަށިސުތުލިގެ، މުޙައްމަދު ޢިމާދު، 37، އެވެ. ނަމަވެސް އޭނާ ހޯދަނީ ތަހުގީގު ކުރާ ކޮން ކަހަލަ މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން ބުނީ ޢިމާދާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ދިއްދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9791462 އަށް ގުޅައި ޙިއްސާ ކުރަން އެދޭ ކަމަށެވެ.