ފުލުހުން ހޯދަން އިއުލާން ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިލްހާމްގެ އަނބިކަނބަލުން އައިމިނަތު މާޝާ ހަސަން ހައްޔަރުކޮށްފައި ވަނީ އިލްހާމް ފިލުވައިގެން ގެންގުޅޭ ކަމުގެ ތުހުމަތުގަ އެވެ.
މާޝާ ހައްޔަރުކޮށްފައި މި ވަނީ އިލްހާމް ހޯދުމުގައި އާއްމުންގެ އެހީތެރިކަމަށް ފުލުހުން އެދުނުތާ ގިނަ އިރުތަކެއް ނުވަނީހެވެ.