އިންޑިއާގެ ސިފައިން ރާއްޖެއަށް ނުފޮނުވާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ސަރުކާރަށް ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފްޑިފެންސް އެންޑެ ނޭޝަނަލް ސެކިއުރިޓީން ހާމަކޮށްފިއެވެ.
އެމިނިސްޓްރީން އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކާއި ގުޅިގެން ރާއްޖެއާއި އިންއާގެ ސިފައިން ފޮނުވުމަށް ނުވަތަ އަސްކަރީ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާއި އަދި އެކަމަށް ހިތްވަރުދީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ދިވެހިންނާއި އިންއާގެ ބައެއް ސިޔާސީ ފަރާތްތަކުންނާއި އަދި ބައެއް ނޫސްޔަކާއި މިޑިއާގެ އެހެން ވަސީލަތްތަކުިގައި ވާހަކަދައްކާފައިވާ ކަމަށެވެ.
ޑިފެންސް މިނިސްޓްރީން މިގޮތަށް ވިދާޅުވެފައިވާއިރު ޗައިިނާއިން ވަނީ އިންޑިޔާ ސިފައިން ރާއްޖެ އައުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ.