Last Updated: November 28, 12:48
Thursday, November 28, 2024
ޚަބަރު

ސުޕްރީމް ކޯޓު އޮތީ އަސްކަރިއްޔާގެ ބާރުގެ ދަށުގައި: ޑރ. ޖަމީލް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު މިވަގުތު އޮތީ އަސްކަރިއްޔާގެ ބާރުގެ ދަށުގައި ކަން މުޅި ދުނިޔެ އަށް ވެސް އެނގެންޖެހޭ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މިހާރު ސުޕްރީމް ކޯޓުގެ ނަމުގައި ނެރޭ އަމުރުތަކަކީ ސިފައިން ހިންގަމުންދާ ޤާނޫނު އަސާސީއާ ހިލާފުކަންކަން އޮޅުވާލުމަށް ނެރޭ އަމުރުތަކެއް ކަމަށެވެ.

ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރަށް އިޝާރަތްކުރައްވައި ޑރ. ޖަމީލް ވިދާޅުވީ މުޅި ދުނިޔެ އަށް ވެސް އެނގެންވީ ކަމަކީ ސުޕްރީމް ކޯޓު އޮތީ ސިފައިންގެ ބެލުމުގެ ދަށުގައި ކަމާއި، އުއްތަމަ ފަނޑިޔާރާއި، އިސް އިތުރު ފަނޑިޔާރެއް ހައްޔަރުކޮށްފައިވާކަން ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމަށް ސިފައިން ސުޕްރީމް ކޯޓަށް ވަދެފައި ވަނީ ކޯޓު އިމާރާތުގެ ފުރާޅު މަތިންނެވެ.