ހިތަދޫ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި އަޅާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ނިމިއްޖެއެވެ.
Addu Tertiary Hospital update: Structural works in hospital main building and admin building are complete and M&E and internal finishing works have commenced. Procurement of medical and non medical equipments commenced. Hospital scheduled to be opened before end of July 2018 IA. pic.twitter.com/DlZHFSvwYf
— Dr Mohamed Muizzu (@MMuizzu) February 23, 2018
ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޮސްޕިޓަލްގެ މައި އިމާރާތާއި އޮފީސް އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި މެޑިކަލް އާއި އިލެކްޓްރޯނިކަލް މަސައްކަތްތަކާއި އެތެރޭގެ ފިނިޝިން މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.
ހޮސްޕިޓަލަށް ބޭނުންވާ ސިއްހީ ދާއިރާގެ އެއްޗެހީގެ އިތުރުން އެހެނިހެން ތަކެތި ވެސް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ މި އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ހޮސްޕިޓަލް ހުޅުވިގެންދާނެ ކަމަށެވެ.
އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް އައިމާ ކޮންސްޓަރަކްޝަން އާއި ހަވާލުކޮށް ކުރިއަށް ގެންދާ އިރު އެތަނަކީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެކެވެ.
ހޮސްޕިޓަލް ނިމޭއިރު އެތަނުގައި އެމްއާރުއައި އަދި ސީޓީ ސްކޭންގެ ހިދުމަތާއި، ފަސް އޮޕަރޭޝަން ތިއޭޓަރުގެ އިތުރުން މޯޗަރީ އަކާއި ޕްރައިވެޓް ރޫމްތައް ވެސް ހުންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ކުރިން ވިދާޅުވެފައެވެ.
20.9 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ މި ހޮސްޕިޓަލަށް ބޭނުންވާ ބައެއް ސާމާން މިހާރު އައްޑޫއަށް ގެނެވިފައިވާ އިރު ބައެއް ސާމާން ކުރިއަށް އޮތް ދުވަސްތަކުގައި އައްޑޫއަށް ގެނެވޭނެކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.