Last Updated: November 28, 10:42
Thursday, November 28, 2024
ޚަބަރު

އިންތިހާބު ކާމިޔާބު ކުރާ ފަންޑިތަ އެނގޭ މީހުން ތިބީ ޔާމީނާއި އެކު: ރިޔާޒް

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ހޮވަން ހައްދަވަން ޖެހޭ ފަންޑިތަ އެނގިވަޑައިގަންނަވާ ބޭފުޅުން އެމަނިކުފާނާއި އެކު ތިއްބެވި ކަމަށް ވިލިފުށީ ދާއިރާގެ މަޖިލިސް މެންބަރު ރިޔާޒް ރަޝީދް ވިދާޅުވެއްޖެއެވެ.

ހިތަދޫގައި ޕީޕީއެމްގެ ފަރާތުން ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވި ގޮތުގައި ޕީޕީއެމްގައި ތިބީ ސިޔާސީ ކަންކަމަށް އާ ބައެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭނެ 2018ގައި ރައީސް ޔާމީން ހޮވަން ކުރަންޖެހޭ ކަންތައް. އެ ފަންޑިތަ އެނގޭ މީހުން ތިބީ ރައީސް ޔާމީން އަރިހުގައި." ރިޔާޒް ވިދާޅުވިއެވެ.

ރައީސް ޔާމީނަކީ ސިޔާސީ މައިދާނަށް އާ ބޭފުޅެއް ނޫން ކަމަށެވެ. އަދި 2018ގައި ރައީސް ޔާމީން ހޮވަން ހަދަންޖެހޭ ފަންޑިތަ އެނގޭ މީހުން ޕީޕީއެމްގައި ތިބި ކަމަށް ރިޔާޒް ވިދާޅުވިއެވެ.