ހުކުރު ދުވަހު އައްޑޫގައި ބޭއްވި ޕީޕީއެމްގެ ހަރަކާތަށް ތައްޔާރުވުމަށް ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް އެއްވެސް ފައިސާއެއް ދެއްވާފައި ނުވާ ކަމަށާއި އަދި އެއްވެސް ފައިސާއެއް އަނބުރާ ދިނުމަށް އަންގާފައި ވެސް ނުވާކަމަށް ހިތަދޫ ޕޯޓް ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރަޝީދު(މެޓްރިކްސް މޯޑް) ބުނެފިއެވެ.
މޯޑް މިހެން ބުނެފައިވަނީ ސޯޝަލް މީޑިޔާ އެކްޓިވިސްޓް ތޮއްޔިބް ޝަހީމް ކުރި ޓްވީޓަކާއި ގުޅިގެން 'އައްޑޫލައިވް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ތޮއްޔިބު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އައްޑޫ އިވެންޓަށް މޯޑް އާއި 2 މިލިއަން ރުފިޔާ ހަވާލުކުރި ކަމަށާއި އަދި މީހުން މަދުވުމުން އެ ފައިސާ އަނބުރާ ދިނުމަށް މެޑަމް ފާތުން އަންގަވާފައިވާ ކަމަށެވެ.
މޯޑް ބުނި ގޮތުގައި ތޮއްޔިބަކީ، އަބަދުވެސް ދޮގު ވާހަކަ ފަތުރާ މީހެއް ކަމަށާއި އޭނާ މިފަހަރު ދެއްކި ވާހަކަތަކާއި ގުޅިގެން އަބުރުގެ ޤާނޫނުގެ ދަށުން މައްސަލަ ޖައްސާނެ ކަމަށެވެ. އަދި އެވާހަކަތައް އެއީ ހަގީގަތެއްކަން ތޮއްޔިބް ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ވެސް މޯޑް ވަނީ ވިދާޅުވެފައެވެ.
Meehun naa beheygothun hageegathaa hilaaf vaahaka dhehkumakee @thayyib ge aadhayeh.meega mivaa kanthah saabithu kohdheyn jeheyne. @rumaalu2 @VaguthuOnline pic.twitter.com/JbEDLX2gd9
— Matrix Mode?? (@addumpmode) February 25, 2018
17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ކަން ކުރެއްވި މޯޑް އަކީ މިހާރު ހިތަދޫގައި ޕީޕީއެމްގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ ފަރާތެވެ.
ޕީޕީއެމުން ބާއްވާ ހަރަކާތްތަކާއި ގުޅިގެން އަބަދުވެސް މޯޑް އަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔުންތައް އަމާޒުވެއެވެ.