ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގެ ބައެއް މަޖިލިސް މެންބަރުން ލައްވައި "އަޅު މަސައްކަތް" ކުރުވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަބަދުވެސް އަމާޒުވެއެވެ. އިއްޔެ ސޯޝަލް މީޑިޔާގައި އާއްމުވި ފޮޓޯ އަކާއި އެކު އަނެއްކާ ވެސް ޕީޕީއެމްގެ ބައެއް މަޖިލިސް މެންބަރުންގެ "އަޅުވެތިވެފައިވާ" ވާހަކަ ގަދައަށް ދެކެވެން ފަށައިފިއެވެ.
ސޯޝަލް މީޑިޔާގައި އާއްމުވި ފޮޓޯއިން ފެންނަނީ، ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގެ މަޖިލިސް މެންބަރުން 'މާސް' ޗޮކްލެޓް ތަކެއް ފިޔާތޮށި ކުލައިގެ ކަރުދާހުގައި ބަންދު ކުރުމުގެ މަސައްކަތް ކުރައްވާ މަންޒަރެވެ.
Raees Yameen dhekanbalunge 33 vana aharee dhuvas faahaga kurumuge haflaage therein pic.twitter.com/sZ9Ojolwao
— Ahmed Mubeen #RY2018 (@ahmedmubean) February 25, 2018
ރައީސް ޔާމީންގެ ކައިވެނީގެ އަހަރީ ދުވަހުގެ ކޭކް ފޭޅުން ރޭ ކުރިއަށް ދިޔައިރު، އެތަނުގައި މެންބަރުން ފިޔާތޮށި ކުލައިގެ ކަރުދާހުގައި ބަންދުކުރި މާސް ޗޮކްލެޓް ފެންނަން ހުރިއެވެ.
މެމްބަރުން ޗޮކްލެޓް ބަންދުކުރަން ތިއްބެވި މަންޒަރު ފެންނަ ފޮޓޯގައި ތިއްބެވި މަޖިލިސް މެންބަރުންނަކީ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި ބިލެތްދޫ ދާއިރާގެ މެމްބަހު އަހުމަދު މުބީނާއި މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދެވެ.