Last Updated: November 24, 11:53
Sunday, November 24, 2024
މުނިފޫހިފިލުވުން

ބޮލީވުޑްގެ ޒުވާން ކެމެރާމަން ބޮބީ މަރުވެއްޖެ

އަކްޝޭ ކުމާރުގެ އެންމެ ފަހުގެ ފިލްމް "ސްޕެޝަލް ޗައްބީސް" އާއި ކަންގަނާ ރަނާވަތުގެ "ކްއީން" ގެ ކެމެރާމަން ބޮބީ ސިންގް މަރުވެއްޖެ އެވެ.
އުމުރުން އެންމެ 39 އަހަރުގެ ބޮބީ ކުއްލި ގޮތަކަށް އަންގާރަ ދުވަހު މަރުވީ ނޭވާ ހިއްލައިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މިކަމާ ގުޅިގެން ބޮބީ މަސައްކަތް ކުރަމުން ދިޔަ ފިލްމްތަކުގެ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނަށް ވަނީ ބޮޑު ޝޮކެއް ލިބިފަ އެވެ.
ބޮބީ މަރުވި އިރު އަަންބަކާއި ފަސް އަހަރުގެ ފިރިހެން ކުއްޖަކު ދުނިޔޭގައި އެބަ ތިއްބެެވެ.
ބޮބީ އޭނާގެ ކެރިއަރު ފަށާފައި ވަނީ 1989 ވަނަ އަހަރު ރާޖް ސިއްޕީގެ "ޝެހެޒާދީ" އެސިސްޓަންޓް ކެމެރާމަނެެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އާމިރް ހާންގެ "ގަޖިނީ" ގައި ވެސް މަސައްކަތްކޮށްފަ އެވެ.
އޭނާ ކެމެރާކޮށްފައިވާ ފާހަގަކޮށްލެވޭ ބައެއް ފިލްމްތަކުގެ ތެރޭގައި ބަޓް ކޭމްޕްގެ "ގޭންގްސްޓާ"، "ވޯ ލަމްހޭ" އަދި މި އަހަރު ރިލީޒްވި "ޖަންނަތު 2" ހިމެނެ އެވެ.