Last Updated: November 22, 23:40
Friday, November 22, 2024
ޚަބަރު

މަަރަދޫގައި މަސްމާރުކޭޓެއް އަޅަން ބީލަމަށް ލައިފި

އައްޑޫގެ އެންމެ މަސްވެރި ރަށް މަރަދޫގައި މަސްމާރުކޭޓަށް އަޅަން ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ މަރަދޫ ބަނދަރު ސަރަހައްދުގައި ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން މަސްމާރުކޭޓް ޢިމާރާތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ބިޑް ވިއްކާނީ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ 300ރ. އެވެ.

ކައުންސިލުން ބުނީ ބީލަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފު ކުރަން ބޭނުން ނަމަ މި މަހުގެ 28 ވާ ބުދަ ދުވަހުން ފެށިގެން procurement@adducity.gov.mv އަދި project@adducity.gov.mv އަށް މެއިލް ކުރަން އެދޭ ކަމަށެވެ.

ބިޑް ހުޅުވުން އޮންނާނީ އަންނަ މަހުގެ 7 ގަ އެވެ.