Last Updated: September 29, 22:07
Sunday, September 29, 2024
ޚަބަރު

އިސްތިއުފާ ދިނަސް އިދިކޮޅާ ނުގުޅޭނަން: ދުންޔާ

ހެލްތު މިނިސްޓްރީގެ ސްޓޭޓް ކަމުން މިއަދު އިސްތިއުފާ ދެއްވި ނަމަވެސް އިދިކޮޅާއި ގުޅުމުގެ ވިސްނުންފުޅެއް ނުގެންގުޅޭކަމަށް ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މައުމޫން ވިދާޅުވީ ރުޅިވެރިކަމާއި ހަސަދަ އާއި އެކު ހައްލު ކުރެވޭނެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ކަންކަން ހައްލުވާނީ މަޝްވަރާގެ އުސޫލުން ކަމަށެވެ.

ދުންޔާ ވިދާޅުވީ ގައުމަށް ދިމާވެފައިވާ މި ހިތާމަވެރި ދަނޑިވަޅު އެކަމަނާ ހުންނެވީ ބައްޕާފުޅާއި އެކު ކަމަށާއި ރައީސް ޔާމީނަކީ އެކަމަނާގެ ބޮޑުބޭބޭފުޅު ކަމަށާއި، އެއީ އެއް ލެއެއްކަމަށެވެ.

ދުންޔާ ވިދާޅުވީ އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތުމުގެ ބަދަލުގައި އެކަމަނާ ހުންނަވާނީ މިނިވަނެއްގެ ގޮތުގައި ފަހުރުވެރި ދިވެއްސެއްގެ ގޮތުގައިކަމަށެވެ.

އަދި ގައުމު ހަމައަކަށް އެޅުއްވުމަށް ކުރައްވާ މަސައްކަތަށް އެއްބާރުލުން ދެއްވާނެކަމަށް ދުންޔާގެ ބަޔާނުގައި ބުނެފައިވެއެވެ.

ދުންޔާ ސަރުކާރުން ވަކިވެފައި މިވަނީ އެކަމަނާގެ ބައްޕާފުޅު ފުލުހުން ހައްޔަރު ކުރުމާއި ގުޅިގެން އޮފީހުން ޗުއްޓީ ނަންގަވައިގެން ހުންނެވުމަށް ފަހުއެވެ.