އައްޑޫސިޓީ، ފޭދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ބިދޭސީ މީހާގެ ސީޓީ ސްކޭނެއް ހެއްދުމަށް މާލެ ފޮނުވާލަން ނިންމާފައިވާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި ބަންގްލޭޝް މީހާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާތީ ސީޓީ ސްކޭނެއް ހަދަން ޑޮކްޓަރުން ވަނީ ލަފާ ދީފައިވާ ކަމަށެވެ.
އައްޑޫގައި ސީޓީ ސްކޭން ހެދޭނެ ގޮތެއް ނެތުމުން އެކްސިޑެންޓްތަކުގައި އަނިޔާލިބޭ އެންމެން ފޮނުވަން ޖެހެނީ މާލެ އަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބިދޭސީ މީހާ މާލެ ފޮނުވުމުގެ ކަންކަން އޭނާ މަސައްކަތް ކުރާ އީޒީއެކްސް ފިހާރައިގެ ފަރާތުން ދަނީ ކުރަމުންނެވެ.