Last Updated: November 28, 04:25
Thursday, November 28, 2024
ޚަބަރު

"އައްޑޫލައިވް" އަކީ އިދިކޮޅު ނޫހެއް، ހުންނާނީ އެމްޑީޕީއާ އެކު: ޝަރީފް

* އަޅުގަނޑު ބުނި އެއްޗެއް ބުނީ ގައުމުގެ ހައްގުގައި: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަރީފް. އޭނާ ވަނީ ސަޕްލެމެންޓްރީ ބަޖެޓަށް ވޯޓު ދީފައި.

'އައްޑޫލައިވް' އަކީ "އިދިކޮޅު ނޫހެއް" ކަމަށާއި ހުންނަވާނީ އެމްޑީޕީ އާއި އެކުގައި ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައި ވަނީ އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި ރާއްޖޭގެ ތެޔޮ ޓޭންކަރަކުން ކަނޑުމަތީގައި މަނާ މުއާމަލާތްތަކެއް ކުރަނިކޮށް ފެނިއްޖެ ކަމަށް ޖަޕާންގެ ފޮރިން މިނިސްޓްރީން ބުނެފައިވާ މައްސަލައިގައި ދިވެހި ސަރުކާރުން ދައްކަމުންދާ ވާހަކަތަކަށް ތާއީދުކޮށް އައްޑޫ މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ދެއްކެވި ވާހަކަތަކުގެ ޚަބަރު 'އައްޑޫލައިވް' ގައި ގެނެސްދިނުމުންނެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ތުހުމަތުކޮށްފައިވާ ގޮތުގައި 'އައްޑޫލައިވް' ކަހަލަ "އިދިކޮޅު" ބައެއް ނޫސްތަކާއި އަދި އެބޭފުޅާ އާއި ވާދަވެރި އެމްޑީޕީގެ ބައެއް ބޭފުޅުން އެޕާޓީން އެބޭފުޅާ ވަކިކުރުމަށް އެކި ތުހުމަތުތައް ކޮށް ބަދުނާމު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އެފަދަ "ބަދުނާމުތައް" ކުރި ނަމަވެސް އެބޭފުޅާ ހުންނެވީ އެމްޑީޕީ ދޫކޮށްފައި ދާގޮތަކަށް ނޫން ކަމަށެވެ.

"އަޅުގަނޑު ބުނި އެއްޗެއް ބުނީ ގައުމުގެ ހައްގުގައި، އެއީ ސަރުކާރާއި ރައީސް ޔާމީނަށް ތާއީދުކޮށް ބުނި އެއްޗެއް ނޫން" ޝަރީފް ވިދާޅުވެފައިވެއެވެ.

ޝަރީފްގެ ފާޑުކިޔުންތައް 'އައްޑޫލައިވް' ނޫހަށް އަމާޒުވެފައި ވާއިރު މިއަދު 'އައްޑޫލައިވް'ގައި ގެނެސްދިން ޚަބަރުގައި ހިމަނާފައިވާނީ ޝަރީފް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައިވާ ވާހަކަތަކެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އެމްޑީޕީގެ އިސް މަގާމުތަކެއް ފުރުއްވުމަށް ފަހު ވަކި ހިސާބަކުން ޑީއާރްޕީ އާއި ގުޅިވަޑައިގެންނެވިއެވެ. އަދި ޑީއާރްޕީ ދެފަޅިވެ އުފެދުނު ހަމަނުޖެހުންތަކާއި އެކު ޝަރީފް ވަނީ އަލުން އެމްޑީޕީ އާއި ގުޅިވަޑައިގެންފައެވެ.