އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާ ތެރެއިން ހައްޔަރު ކުރި ކިނބިދޫ ދާއިރާގެ މެމްބަރ އަދި ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އާއި މަޖްލިސްގެ ކުރީގެ ރައިސް ހެންވޭރު އުތުރު ދާއިރާގެ މެމްބަރ އަބްދުﷲ ޝާހިދު އާއި ދިއްދޫ މެމްބަރ އަބްދުއް ލަޠީފު މުހައްމަދު ދޫނިދޫއަށް ގެންގޮސްފިއެވެ.
ލަޠީފް ހައްޔަރުކޮށްފައިވަނީ ބާރުގެ ބޭނުންކޮށް ޗާނދަނީ މަގާއި މަޖީދީ މަގު ގުޅޭ ކަންމަތިންނެވ. އަބްދުﷲ ޝާހިދު އާއި ރިޔާޒު ހައްޔަރުކޮށްފައިވަނީ ސޯސަން މަގުންނެވެ.
މިތިން ބޭފުޅުންގެ އިތުރުންވެސް އެމްޑީޕީ ޔޫތު ވިންގުގެ ރައީސް މީކާއިލްގެ އިތުރުންވެސް އެމްޑީޕީގެ އިސް އެކްޓިވިސްޓުން ވަނީ ހައްޔަރުކޮށްފައެވެ.
މިއަދު ހަވީރު މަޖީދީ މަގަށް އެއްވި މީހުންތައް ފުލުހުން ރޫޅާލާފައިވަނީ ޕެޕަރ ސްޕްރޭޖަހައި ބާރުގެ ބޭނުންކޮށްގެންނެވެ.