Last Updated: April 25, 06:23
Friday, April 25, 2025
ޚަބަރު

ހިތަދޫ ބޭރުމަތިން މިއަދު ކަރަންޓް ކެނޑޭނެ

ފެނަކަ ކޯޕަރޭޝަން ހިތަދޫ ބްރާންޗް އޮފީސް. އައްޑޫލައިވް ފޮޓޯ: އަލީ ހުޒާމް

އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމށް ހިތަދޫ ބޭރުމަތީގެ އެކި ސަރަހައްދުތަކުން މިއަދު ކަރަންޓް ކަނޑާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަންއިން ބުނީ ހިތަދޫ ބޭރުމަތީ ސަރަހައްދަށް ޓްރާންސްފޯމަރެއް އިތުރުކުރާތީ އެކި ސަރަހައްދުތަކުން މިއަދު ހެނދުނު9:00 އާއި 4:000 އާ ދެމެދު ވަގުތު ތަކުގައި ކަރަންޓް ކެނޑޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ ކަރަންޓް ކެނޑޭނެކަމުގެ މައުލޫމާތު އެސްއެމްއެސް އަދި ނޯޓިސް ފޮނުވައިގެން އަންގާފައިވާ ކަމަށެވެ. އެހެންވެ މިކަމަށް ސަމާލުވެ ތިއްބެވުމަށް އެ ކުންފުނިން އެދެ އެވެ.

ފެނަކަ އިން ބުނީ މި ފަދަ ވަގުތުތަކުގައި އެ ކުންފުނީގެ ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.