ސ.ހިތަދޫގައި އަނިޔާވެރިކަމާއި ދެކޮޅަށް ދުޢާކުރި، އަހްމަދު ފަރްހާން(ފަރާ) ހައްޔަރުކުރުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވި އެސްއޯ ފުލުސް މީހާ ވެސް ކުއްލި ނުރައްކަލުގެ ޤަރާރުގެ ދަށުން ހައްޔަރުކުރި ފުލުހުންގެ ތެރޭގައި ހިމެނޭކަން 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.
2016 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ހިތަދޫ ފަޒާ މިސްކިތުގައި ހުކުރު ނަމާދަށް ފަހު ދުއާ ކުރަން ހުއްޓައި ފަރާ ހައްޔަރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ، ރިޝްވާންއެވެ.
އަދި ފަރާ ހައްޔަރުކުރުމަށް ފަހު އޭނާގެ މައްޗަށް އުފުލި ޤާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަސްދުގައި ހުރަސް އެޅުމުގެ ކުށުގެ އަދާކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާގެ ޝަރީޢަތުގައި ރިޝްވާން ވަނީ ހެކިބަސް ވެސް ދީފައެވެ.
އެހެން ނަމަވެސް ފަރާގެ މައްޗަށް އުފުލި ދައުވާ އޭނާގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ.
12 August 2016 v Hukuru dhuvahu Hukuru namaadhah fahu #AdduCity ga #Aniyaaverikamaa dhekolhah kurevunu dhuaaga Alhugandu hayyaru kuri adhi alhugandaa dhekolhah Hekibas dhin SO #Rishwan vany hayyaru kurevifa!Rishwan minivan kurumah govaalan!@PoliceMv#FreeRishwaan#MaldivesCrisis pic.twitter.com/9x00bzqljY
— faraa farhaan (@faraa_farhaan) March 5, 2018
ކުއްލި ނުރައްކަލުގެ ހާލަތުގެ ޤާރާރުގެ ދަށުން ރިޝްވާން ހައްޔަރުކޮށްފައި ވާއިރު، ފަރާ ވަނީ ރިޝްވާން މިނިވަން ކުރުމަށް ގޮވާލާފައެވެ.