Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ހައި ކޯޓް ދެކުނު ގޮފީގެ މަރާމާތަކަށް ބަޔަކު ހޯދަނީ

ހުޅުމީދީގައި ގާއިމުކޮށްފައިވާ ހައި ކޯޓްގެ ޝަރީއަތްކުރާ ކޮޓަރީގައި ޖަހާފައި ހުރި މުށިތައް ނެއްޓިފައިވާތީ، އަލުން މުށި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއުލާންކޮށްފި އެވެ.

އެތަނުން ބުނީ މި މަސައްކަތާ ބެހޭ މަޢުލޫމާ ތުޝީޓު ކޯޓުގެ ކައުންޓަރުން ލިބޭނެ ކަމަށެވެ. އަދި މި މަސައްކަތާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ނަމަ މި މަހުގެ 11 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން 6894700 އާއި ގުޅައިގެން މަޢުލޫމާތު ސާފު ކުރަން އެދޭ ކަމަށެވެ.

މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ.

ހައި ކޯޓްގެ ދެކުނު ގޮފި ގާއިމުކޮށްފައި ވަނީ ހުޅުމީދޫގައި ހުންނަ އެސްޓީއޯގެ މަލްޓި ޕާޕަސް އިމާރާތުގެ ފަންގިފިލާއެއްގަ އެވެ.