އައްޑޫ ސިޓީ ހިތަދޫގައި ގިނަ ގެސްޓް ހައުސްތަކުން ކަރަންޓު ކެނޑިފައި އޮންނަތާ 4 ގަޑިއިރަށް ވުރެ ގިނަ އިރު ވެއްޖެއެވެ.
ހިތަދޫގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައި ވަނީ ހިތަދޫ ބޭރުމަތި ހިސާބުގައި އަލަށް ބެހެއްޓި ޓްރާންސްފޯމަރަށް މައްސަލަތަކެއް ޖެހުމުގެ ސަބަބުންނެވެ.
މައްސަލަ ހައްލުކުރުމަށް ފެނަކައިގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ އިރު ބައެއް ސަރަހައްދުތަކަށް މިހާރު ވަނީ ކަރަންޓު ދީފައެވެ.
ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިތަދޫގައި ހިންގާ އެންމެ ބޮޑު 2 ގެސްޓް ހައުސް ހިމެނޭ ސަރަހައްދު ހިމެނެއެވެ.