Last Updated: November 27, 21:29
Wednesday, November 27, 2024
ޚަބަރު

އެކްސިޑެންޓްވި ކާރު ޑްރައިވަރުގެ ބަންދަށް 15 ދުވަސް

ލިންކު ރޯޑުގައި 10 މާޗް 2018 ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް، ފޮޓޯ: އިބްރާހިމް އަބްދުﷲ

ރޭ އައްޑޫ ލިންކްރޯޑްގައި ކާރަކާއި ސައިކަލެއް ޖެހި މީހަކު މަރުވި އެކްސިޑެންޓާ ގުޅިގެން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރޭ ލިންކްރޯޑްގައި އެކްސިޑެންޓްވި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ރުއްޖެހެރަ ސަރަހައްދުގައި ހުންނަ ކުނިކޮއްޓާއި ދިމާލުން ހިނގި އެކްސިޑެންޓްގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރުން ޖެހުނު ސައިކަލް ދުއްވަން އިން ސ.ހިތަދޫ ނޫމުގުމާގޭ މުހައްމަދު ރަމްޝް ރިޔާޒް ވަނީ ނިޔާވެފައެވެ.

ރޭގެ އެކްސިޑެންޓާއި ބެހޭގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި މީހާ މީގެ ކުޑައިރުކޮޅެއް ކުރިން މަރަދޫ ކޯޓަށް ހާޒިރު ކުރި ކަން 'އައްޑޫލައިވް' އަށް ވަނީ ކަށަވަރު ކުރެވިފައެވެ.