ސައިންޓިސްޓުންގެ ދިރާސާއަކުން ކަދުރަކީ ހިތުގެ ބަލިތަކަށާއި، ލޭ މައްޗަށް ދިއުމުން އަދި ކޮލެސްޓެރޯލް އަށް މުޅި ދުނިޔެއިންވެސް އެންމެ ރަނގަޅު މޭވާ ކަމަށް ކަށަވަރުކޮށްދީފިއެވެ.
މިގޮތުން ތިރީގައި މިވަނީ ކަދުރުން ލިބޭ އެކިއެކި ފައިދާތަކެވެ.
ކަދުރަކީ އޭގައި ދަގަނޑު މި މާއްދާއިން މުއްސަނދިވެފައިވާ އެއްޗެއް
ކަދުރަކީ އޭގައި ދަގަނޑު މި މާއްދާއިން މުއްސަނދިވެފައިވާ އެއްޗަކަށް ވުމުން ކަދުރަކީ ގައިގައި ލޭމަދުވާ މީހުން ނުވަތަ އެނީމިޔާ ހުންނަ މީހުންނަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. ދުވާލަކު 100 ގުރާމް ކަދުރު ކެއުމުން އެއިން 0.9 ގުރާމުގެ ދަގަނޑު މި މާއްދާ ހަށިގަނޑަށް ލިބި!ގެން ދާނެއެވެ. މިއީ ކޮންމެ ދުވަހަކު އިންސާނެއްގެ ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ އިންސައްތައިގެ 11% އެވެ.
ހޮޑުލެވުން މަނާކޮށްދޭ އެއްޗެއްް
ރޭގަނޑު ފެންތައްޓަކަށް ކަދުރު ކޮޅެއް އަޅާފައި ބެހެއްޓުމަށްފަހު، ހެނދުނު އެ ފެންތަށި ބުއިމުން ބަނޑުހަރުވުމާއި ހޮޑުލެވުމުން މަނާކޮށްދޭނެއެވެ.
ބަރުދަން ލުއިކޮށްދޭ
ކޮންމެ ދުވަހަކު ހާބަނޑާ ކަދުރު ކެއުމަކީ ހަށިގަނޑުގައި ހުންނަ ސަރުބީ ފިލުވައިލަދީ ބަރުދަން ލުއިކޮށްދޭނެ ކަމެވެވެ. އެހެނީ ކަދުރަީ އޭގައި އެއްވެސް ވަރަކަށް ކޮލެސްޓެރޯލް ހިމެނޭ އެއްޗެއްނޫނެވެ.
ކޮލެސްޓެރޯލް އެއްމިނެއްގައި ހިފަހަށްޓައިދޭން އެހީވެދޭ
ކަދުރަކީ ކޮލެސްޓެރޯލް އެއްމިނެއްގައި ހިފަހަށްޓަން ބޭނުން ކުރެވިދާނެ އެއްޗެކެވެ. ކަދުރު ކެއުމުން ހަށިގަނޑުގައި ހުންނަ ރަނގަޅުނޫން ކޮލެސްޓެރޯލް ނުވަތަ އެލް ޑީ އެލް މަދުކޮށްދީ، ލޭ ހޮޅުތައް ސާފުކޮށް ލޭ ގަނޑުވުމުން ސަލާމަތްކޮށްދެއެވެ.
ހުޅަހެޔޮ ހިތަކަށް ކަދުރު
ރޭގަނޑު ފެންތައްޓަކަށް ކަދުރު ކޮޅެއް އަޅާފައި ބެހެއްޓުމަށްފަހު، ހެނދުނު އެ ކަދުރުތަކުގެ އޮށްތައްނަގާ އެ ކެއުމުން ހިތް ވަރުގަދަކޮށް ބެހެއްޓުމަށް އެހީވެދޭނެއެވެ.
މިއީ ހައްތަހާވެސް ކަދުރުން އަޅުގަނޑުމެންގެ ހަށިގަނޑަށް ލިބޭ ފައިދާ ތަކެވެ. އެހެންކަމުން އަޅުގަނޑުމެންގެ ކެއުމުގައި ކޮންމެ ދުވަހަކުވެސް ކަދުރު ހިމެނުމަށް މަސައްކަތްކުރުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ.