އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ބޭއްވި މުޒާހަރާ ދިޔައީ "ތޮޅިއަށް" ކަމަށް ބުނެ އެ މުޒާހަރާގެ ބައިވެރިންނަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ މަލާމާތް ކުރައްވައިފިއެވެ.
އައިބީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ވެރިކަން ވައްޓާލަން މާލެ އައި ބައެއް މީހުންނަށް އެނބުރި ރަށަށް ދާން ޖާގަ ވެސް ނުލިބުނެވެ.
ބޭރުގެ ގައުމެއްގެ ބޯޓަކަށް މީހުން އަރަން މަސައްކަތް ކޮށް ބައެއް މީހުން މޫދަށް ވެއްޓޭ މަންޒަރު ފެންނަ ފޮޓޯ އަކާއި އެކު ކުރެއްވި ޓްވީޓްގައި އައިބީ ވިދާޅުވެފައި ވަނީ މިފެންނަަނީ "ބޯޓު ފުރިގެން މީހުން ކަނޑަށް ވެއްޓޭ މަންޒަރު" ކަމަށެވެ.
16 ves dhiyaee tholhiyah. Verikan vahtan Male erikamah idhikolhey men buni meehunah rashah dhaan jaaga nulibigen boat fahu fugen baeh meehun kandah vehtey manzaru mifennanee.
Iraadha kurevveetheeve adhi ves verikamuga hunnevee Raees Yameen.
Kuriyah Islaamee dhivehi?? Qawmu. pic.twitter.com/NifU3wkwfP— Ibrahim Didi (@mp_ibdidi) March 17, 2018
އައިބީ މިހެން ވިދާޅުވެފައި ވާއިރު ރޭގެ މުޒާހަރާ ބޭއްވި ވަގުތު ފުލުފުލުގައި ސަރުކާރުން ދިޔައީ ނޫސް ކޮންފަރެންސްތައް ބާއްވަމުންނެވެ. ރޭގެ މުޒާހަރާގައި 141 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.