ދިވެހި ފުލުހުން މިއަދު އަމަލުކުރަމުންދާ ގޮތާއި މެދު ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ނިޒާރުގެ ކަންބޮޑުވުން ހާމަކުރައްވާފައި ވަނީ ފުލުހުން ރައްޔިތުންނަށް އަނިޔާކުރަމުން ގެންދާ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް ރޭ ކުރެއްވި ޓްވީޓެއްގައެވެ.
ފުލުހުންގެ ފަރާތުން ފެންނަ ކަންތަކަށް އިޝާރާތް ކުރައްވައި ނިޒާރު ވިދާޅުވީ، ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަޙީމް ޔުނިފޯމް އަޅުވާފައި، ޝީލްޑް ދީފައި ނެރުނަސް ފެންނާނެ ޒާތުގެ މަންޒަރު ކަމަށެވެ.
Fuluhun ge kiba in mi fenna Manzarah balaa iru Adhurey uniform alhuvaafa Shield dheefa nerunas fennaane zaathuge manzaru mi fennanee.
— Ali Nizar (@DhekunuNizar) March 17, 2018
ނިޒާރު މިހެން ވިދާޅުވެފައި ވާއިރު ސޯޝަލް މީޑިޔާގައި އަބްދުއްރަޙީމް ފުލުހުންގެ ޔުނިފޯމްގައި ހުންނަވާ މަންޒަރު ފެންނަ ގޮތަށް އެޑިޓްކޮށްފައިވާ ފޮޓޯތައް ދަނީ ދައުރުވަމުންނެވެ. އަބްދުއްރަޙީމަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ފުލުހުންގެ މުއައްސަސާއިން އަމަލު ކުރަމުންދަނީ ސީދާ އަބްދުއްރަޙީމްގެ އޯޑަރަށް ކަމަށެވެ.
އެހެން ނަމަވެސް މިވާހަކަތައް ފުލުހުން ދޮގުކުރެއެވެ.